07/06/2026
އައްސަލާމް އަލައިކުމް، ކުލަބުގެ ލޮބުވެތި މެންބަރުންނާ ހެޔޮއެދޭ އެންމެހާ ފަރާތްތައް.
މިއަދު މިއީ އަޅުގަނޱްމެންގެ ބްރައިޓް ކުލަބުގެ ތާރީޚުގައި ވަރަށް މުހިންމު ދުވަހެއް. އަޅުގަނޱްމެން މި އުޅެނީ ކުލަބު އަލުން ރަޖިސްޓްރީކޮށް، ކުރީގެ އެ ހަރަކާތްތެރިކަމާ ފޯރި އަލުން ގެނައުމަށް. މި މަސައްކަތް ފަށައިގަންނައިރު، ވަރަށް މުހިންމު ވާހަކައެއް ސާފުކޮށްދޭން ބޭނުންވޭ.
މީގެ ކުރިން ކުލަބުގެ ތެރެއިން ސޮސައިޓީއެއް އުފައްދަން ޖެހުނު ސަބަބާ މެދު ބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދިފައި އޮވެދާނެ. އެކަމަކު އަޅުގަނޱްމެން މިއަދު ޔަގީންކަމާއެކު މި ބުނަނީ، އެ ސޮސައިޓީ އުފެއްދީކީ ފަހަރެއްގައިވެސް މި ކުލަބުގެ މައްޗަށް ވެރިވެގަނެ، ކުލަބުގެ މުދަލާ ފައިސާ އަމިއްލަ އެއްޗަކަށް ހަދާކަށް ނޫން. އަދި މި ކުލަބު އުވާލާ، އެއްފަރާތް ކޮށްލުމަކީ ކުލަބައް ލިބުނު ވަރައް ބޮޱު ނިކަމަމެތި ކަމެކެވެ
އޭރުވެސް އަދި މިހާރުވެސް އަޅުގަނޱުމެންގެ ހަމައެކަނި އުންމީދަކީ ކުލަބު އިތުރަށް ހަރުދަނާކޮށް، ރަށުގެ ތަރައްގީއަށާ އިޖުތިމާއީ ކަންކަމުގައި ބްރައިޓް ކުލަބުގެ ނަން އަބަދަށް ދެމެހެއްޓުން. މިހާރު މި ކުރާ މަސައްކަތަކީ އެންމެން ގުޅިގެން، އެއްބައިވަންތަކަމާއެކު މި ކުލަބު އަލުން ރަސްމީކޮށް ހިންގަން ފެށުން.
އަޅުގަނޱްމެން އެންމެން އެކަތިގަނޑަކަށް ވެގެން ނޫނީ މި ކަން ކާމިޔާބެއް ނުވާނެ. އެހެންވީމާ ހުރިހާ މެންބަރުންވެސް މިކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އަހަރުމެން އުންމީދު ކުރަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ.